މަގުތައް ހަދަން ކޮންނައިރު ރަށްރަށުގައި ވަޅުލެވިފައި ހުންނަ އާސާރީ ބިނާތަކަށް ގެއްލުންވާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަންބޮޑުވުންފާޅުކޮށްފި އެވެ.
އީޕީއޭ އިން އިއްޔެ ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ރަށްރަށުގައި ތަރައްގީގެ މަޝްރޫއު ހިންގާއިރު، މަގުތައް ހެދުމަށް މަގުކޮނުމުގެ މަސައްކަތް ކުރަމުންދާއިރު ވަޅުލެވިފައިހުރި އާސާރީ ބިނާތަކަށް ގެއްލުންވަމުންދާ ޝަކުވާ އެ އެޖެންސީއަށް ލިބެމުން އަންނަ ކަމަށެވެ.
އެހެންކަމުން މަގުތައް ކޮންނަމުންދާއިރު މިފަދަ އާސާރީ ބިނާއެއް ފެނިއްޖެ ނަމަ އެކަން ވަގުތުން ސަގާފީ ތަރިކަ ރައްކާތެރި ކުރުމާބެހޭ ގައުމީ މަރުކަޒަށް އަންގައި އެ މަރުކަޒުގެ އިރުޝާދާއި އެއްގޮތަށް އެތަކެއްޗާމެދު އަމަލު ކުރުމަށް އީޕީއޭއިން ވަނީ އަންގައިފަ އެވެ.
ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ދެނެގަތުމަށް ހަދާ ރިޕޯޓު ހަދައި އެ އެޖެންސީން ތިމާވެށީގެ ކްލިއަރެންސް ލިބިގެން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް ކުރުމުގައި ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު އަދި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފު ނުވާނެހެން މަސައްކަތް ކުރުމަށްވެސް އެ އެޖެންސީން ވަނީ އަންގައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު