ޚަބަރު

ޕޫޖާ ބަޓްގެ ފިޝް އައި ނެޓްވޯކަށް ޕީޓާ އެވޯޑް ލިބިއްޖެ

ޕީޕަލް ފޯ ދަ އެތިކަލް ޓްރީޓްމަންޓް އޮފް އެނިމަލްސް(ޕީޓާ)އިންޑިޔާއިން ޕޫޖާބަޓްގެ ފިޝް އައި ނެޓްވޯކަށް 2021 ވަނަ އަހަރުގެ "ކޮމްޕެޝަނޭޓް ފިލްމު ޕްރޮޑަކްޝަން ކޮމްޕެނީ އެވޯޑް" ލިބިއްޖެއެވެ. ޕީޓާއިން ޕޫޖާބަޓްގެ މިކުންފުންޏަށް އެވޯޑް ދީފައިވަނީ ޕޫޖާ ދިރޭ ތަކެއްޗަށް، ޖަނަވާރުތަކަށް ބަހައްޓާ ހާއްސަ ހަމްދަރުދީއަކާއި އޯގާތެރިކަމަށްޓަކައެވެ. ހަމައެހެންމެ ޕޫޖާބަޓްގެ މިކުންފުނިން ދިރޭ ޖަނަވާރު ބޭނުންކޮށްގެން އެއްވެސް ފިލްމެއްގެ އެއްވެސް މަންޒަރެއް ކުޅުމަކީ ކުންފުނީގެ ގަވާއިދާ ހިލާފުކަމެކެވެ.

މިއެވޯޑާއެކު، ޕީޓާއިން ވަނީ "ހީރޯ ޓު އެނިމަލްސް"ގެ ލަގަބުވެސް ޕޫޖާއަށް ދީފައެވެ.

ޕީޓާ އިންޑިޔާ ވަނީ މީގެ ކުރިން ފިލްމުތަކުގައި ދިރޭ ޖަނަވާރުތަކުގެ ބަދަލުގައި މަންޒަރުތައް ނެގުމަށް، ޒަމާނީ ޓެކްނޮލޮޖީއާއި އެނިމޭޓްރޮނިކްސް އަދި ވިޝުއަލް އިފެކްޓްސް (ކޮމްޕިއުޓަރ ބޭނުންކޮށްގެން ބޭނުންވާ ދިރޭއެއްޗެއް ސިފަކުރުމަށް) ބޭނުންކުރުމަށް ގޮވާލައިފައެވެ. މީގެ ރައްދެއްގެ ގޮތުން، ޕޫޖާބަޓް ވަނީ ހަމައެވަގުތުން ފެށިގެން އޭނާގެ ކުންފުނީގެ އެއްވެސް ފިލްމެއްގެ އެއްވެސް މަންޒަރެއްގައި ދިރޭ ޖަނަވާރުފަދަ ތަކެތި ބޭނުން ކުރުން މަނާކޮށްފައެވެ.

ޕީޓާ ބުނާ ގޮތުގައި އިންސާނުންނަށް އެފަދަ ފިލްމުތައް ކުޅުމުގެ ސަބަބުން ކުރިއެރުމާއި ފައިދާ އޮތަސް، ޖަނަވާރުންނަށް އޮތީ އަނިޔާއާއި ގެއްލުމެވެ. ގިނަފަހަރު އެގޮތަށް ފިލްމެއް ކުޅެނިންމާލެވޭއިރު އޭގައި ބޭނުން ކުރެވުނު ޖަނަވާރުގެ އާއިލާ އޮންނާނީ އެއެއްޗަށް ގެއްލި، އޮޅިފައެވެ. އަދި ފާޑުފާޑުގެ ތަމްރީނުތަކާއި ރަނގަޅު އެކްޓެއް ނުކުރެވިއްޖެ ހިނދެއްގައި ކޮށްޓަށްލައި، ހިިލިހިލާ ޖަހައި، އަނިޔާ ކުރެވިގެންދެއެވެ. ނިމިގެންދިޔަ އަހަރު ފިލްމީ ސެޓެއްގައި އަހެއް ވަނީ މަރުވެފައެވެ،