އަންނަ ދިރާސީ އާ އަހަރު މާލޭގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އަންނަ ދިރާސީ އަހަރަށް މާލޭ ސަރަައްދުގައި ހުރި ސަރުކާރު ސުކޫލްތަކުގެ ގުރޭޑް އެކަކަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ހުޅުވާލާފައި ވާކަމަށެވެ.
އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލޭ ސަރަހައްދު ސަރުކާރު ސްކޫލުތަކުގެ އެހެނިހެން ގްރޭޑުތަކަށް ޖާގަ ހޯދުމަށް ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފޯމު ހުށަހެޅޭނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ، ސުކޫލްތަކުން ޖާގަ ހޯދަން ބޭނުންވާ ފޯމު ހުށައަޅަން ޖެހޭނީ އޮންލައިން ކޮށް ކަމަށާއި، މި ލިންކް https://myoffice.moe.gov.mv/forms/id/2 މެދުވެރިކޮށް މިހާރު ފޯމު ހުށަހެޅުމަށް ހުޅުވަލާފައިވާ ކަމަށެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އޮގަސްޓު މަހުގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު