ޚަބަރު

މިދިޔަ މަހު 112 ކައިވެނި، 88 ވަރި!

އަލީ ޔާމިން

މިދިޔަ މަހު ފެމިލީ ކޯޓުން 112 ކައިވެނިކޮށްދީފައިވާއިރު، ގިނަ އަދަދެއްގެ ވަރިވެސް ނަގައިދީފިއެވެ.

ފެމިލީ ކޯޓުން މިއަދު އާއްމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ ކޯޓުން މިދިޔަ މަހު 88 ވަރިކޮށްދީފައިވެއެވެ. އެއީ އެމަހު ކައިވެނިކުރި ޖުމުލަ އަދަދާ އަޅައިބަލާއިރު 79 ޕަސަންޓެވެ.

މިދިޔަ މަހު އެ ކޯޓަށް އަލަށް ހުށަހަޅާފައިވަނީ 165 މައްސަލައެކެވެ. އޭގެ ކުރީ މަހު ނުނިމި ހުރި މައްސަލަތަކުގެ އަދަދު 211 އަށް އަރާއިރު، ނިންމި މައްސަލަތުގެ އަދަދު 169 އަކަށް އަރައެވެ. އަދި ބެކްލޮގުގައި 207 މައްސަލަ އެބަ އޮތެވެ.

މިދިޔަ މަހު ވަރީގެ 99 މައްސަލައެއް އެ ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި މިިދިޔަ މަހު ހުށަހެޅި މައްސަލަތކުގެ ނުނިމި ހުރި މައްސަލަތަކުގެ އަދަދު 127 އަށް އަރާއިރު، ކޯޓުން ނިންމާފައިވަނީ 109 މައްސަލައެވެ.

މިދިޔަ މަހު ކުޑަކުދިންނާ ގުޅޭ 11 މައްސަލައަކާއި އާއިލީ އެހެން މައްސަލަތަކުގެ 37 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި ގެވެށި އަނިޔާގެ 8 މައްސަލައެއް ހުށަހަޅާފައިވެއެވެ.