ޚަބަރު

މަސްތުވެގެން ހުރެ ޖިންސީ ގުނަވަން ދެއްކި އިންޑިއާ މީހަކު ހައްޔަރުކޮށްފި

ރިފާ ހަލީލު

މަސްތުގެ ހާލަތުގައި ހުރެ ޖިންސީ ގުނަވަން ދެއްކި ބިދޭސީ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުގެ ހާލަތުގައި ހުރި ބިދޭސީއަކު އޭނާގެ ޖިންސީ ގުނަވަންދެއްކި މައްސަލައެއް ރޭ 21:57 ގަިަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި އިންޑިއާ ފިރިހެނަކު ހައްޔަރު ކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ދާދި ފަހުން މާލޭގެ މަގުމަތިން ހިނގާފައިދާ އަންހެނުންނަށް ޖިންސީ ގުނަވަން ދައްކަމުންދާ ބިދޭސީއެއްގެ މައްސަލަވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. އަދި އެމީހާ ހައްޔަރު ކުރުމަށް ގޮވާލާ ބައެއް މީހުން ވަނީ އޭނާގެ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ދައުރުކޮށްފަ އެވެ.