ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 15 ވަނަ ޓަވަރުގެ މުދާ އުފުލާ ލިފްޓު ތެރެއިން ފެނުނު ލެޔަކީ ސިޒޭރިއަން ހަދައިގެން އައި އަންހެނެއްގެ ގައިން ފޭބި ލޭ ކަމަށް ފުލުހުން ބުނެފި އެވެ.
ހިޔާގެ 15 ވަނަ ޓަވަރުގެ މުދާ އުފުލާ ލިފްޓު ތެރެއިން ގިނަ އަދަދަކަށް ލޭ ހުރި ކަމަށް ބުނެ އިއްޔެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަމާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެއީ ސިޒޭރިއަން ހަދައިގެން ދިޔަ އަންހެނެއްގެ ގައިން ފޭބި ލޭ ކަން އެނގިފައިވާ ކަމަށެވެ. މިކަމުގެ މާ ބޮޑު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ހިޔާ ޓަވަރު ސަރަހައްދު ކުށުގެ ވެއްޓަކަށް ބަދަލުވެފައިވާ ކަމަށް ގިނަ ބަޔަކު ބުނެމުންދެ އެވެ. އަދި މާލޭގައި ހިނގަމުންދާ ސިލްސިލާ މުޒާހަރާތަކާއި ގުޅިގެން ހިޔާގެ އެކި ފުލެޓުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުންވެސް ކުރި އެވެ.
މިގޮތަށް ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުންނަށްވެސް ބަޔަކު ވަނީ ހަމަލާދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު