މެލޭޝިޔާގައި ދިރިއުޅޭ ދަރިވަރުންނަށް އެސްއެސްސީ އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖައްސައި، އެކަން އިފުތިތާހުކޮށްފިއެވެ.
މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަން އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
އެ ރަސްމިއްޔާތަށް ފަހު، މިނިސްޓަރު އައިޝާ ވަނީ މެލޭޝިއާގައި ދިރިއުޅޭ ބައެއް ދިވެހިންނާ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި އެ ގައުމުގައި ތިބި ދިވެހި ކުދިންނަށް އިސްލާމާއި ދިވެހި ކިޔަވައިދިނުމުގައި ދިމާވާ ދަތިިތަކާއި އަދި އެކަންތައް ހައްލުކުރުމަށް މިނިސްޓްރީން ކުރެވިދާނެ ކަންތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.
މެލޭޝިޔާގައި ގާތްގަނޑަކަށް 3،000 އެއްހާ ދިވެހިން ދިރިއުޅެއެވެ. އޭގެ ތެރެއިން ގިނައީ ކިޔަވާ ކުދީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު