ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 21 މިލިޔަން ރުފިޔާގެ މަސްތުވާތެރި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނީ، އެތަކެތި އަތުލައިގެންފައި ވަނީ، ވައިގެ މަގުން ރާއްޖެ އައި ފަތުރުވެރިއެއްގެއަތުން ކަމަށެވެ،
މިމަހުގެ ތިންވަނަ ދުވަހު މިތަކެތި އަތުލައި ގަތީ، ވައިގެމަގުން ރާއްޖެއައި ޕަސެންޖަރެއްގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ބާވަތެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
މިގޮތުން އަތުލައިގަތް ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 4.226 ކިލޯހުރިއިރު މިތަކެތީގެ މަގުމަތީއަގު 21 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށްވެސް މޯލްޑިވްސް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު