މާލެއާއި އަތޮޅުތަކުގައި ފިތުރު އީދު ނަމާދުކޮށްފިއެވެ.

މިއަހަރުގެ ފިތުރު އީދު ނަމާދު، މާލޭގައި ބޮޑު ޖަމާއަތުގައި ވަނީ ކޮށްފައެވެ. މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައިވަނީ މާފަންނު ސްޓޭޑިއަމްގައެވެ.

މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައި ވެސް ވަނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައެވެ. ހުޅުމާލޭގައި އީދު ނަމާދުކޮށްފައިވަނީ ހުޅުމާލޭ ސްޓޭޑިއަމްގައެވެ. އަދި ވިލިމާލޭގައި އީދު ނަމާދުކޮށްފައިވަނީ ވިލިމާލޭ ބަނދަރު ސަރައްދުގައެވެ. އޭގެ އިތުރުން އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ވެސް މިފަހަރު ވަނީ އީދު ނަމާދުކޮށްފައެވެ.

ކޮވިޑާ ގުޅިގެން ފާއިތުވެދިޔަ ދެ އަހަރު މާލޭ ސަރަހައްދުގައި ފިތުރު އީދު ނަމާދުކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއީ ކޮވިޑަށްފަހު މާލޭގައި ފިތުރު އީދު ނަމާދު ކުރި ފަހަރެވެ. އަދި މިއީ ކޮވިޑަށްފަހު ބޮޑު ޖަމާއަތުގައި އީދު ނަމާދެއް ކުރި ފުރަތަމަ ފަހަރެވެ.