މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު ފައިދާ އިތުރުވެއްޖެއެވެ.
އެމްޓީސީސީން މިއަދު އާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބުނީ 75.31 މިލިއަން ރުފިޔާއެވެ.
މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އަދަދަށްވުރެ 3.79 ޕަސަންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 72.55 މިލިއަން ރުފިޔާއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެމްޓީސީސީން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 550.49 މިލިއަން ރުފިޔާގެ ވިޔަފާރިކޮށް، ހިންގުމުގެ ފައިދާގެ ގޮތުގައި 88.62 ރެކޯޑްކޮށްފައެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީން އަންނަނީ، އެކި މަރުހަލާގައި 108 މަޝްރޫއެއްގެ މަސައްކަތް ކުރަމުންނެވެ. އަދި އަށް މަޝްރޫއެއްގެ މަސައްކަތް އެކުންފުނިން ނިންމާލާފައިވާ އިރު، 14 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައި އިތުރު 15 މަޝްރޫއެއް މި ކުއާޓަރުގައި އެކުންފުންޏާ ހަވާލުކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު