އެމްޓީސީސީގެ 2021 ވަނަ އަހަރުގެ އަަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 19 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އެމްޓީސީސީން ބުނީ އަހަރީ އާންމު ޖަލްސާ އޮންނާނީ 19 މެއި 2022 ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގައި ކަމަށެވެ. އެ ޖަލްސާގައި ހިއްސާދާރުންނަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.
އެމްޓީސީސީގެ އަހަރީ ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 18 ވަނަ ދުވަހުގެ އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 17 ވަނަ ދުވަހުގެ ރޭ 8:30 ގެ ކުރިން ރަޖިސްޓާކުރަން ޖެހޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯޓަލް (www.infinity.mv) މެދުވެރިކޮށް، ނުވަތަ އެމްޓީސީސީގެ "2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ރަޖިސްޓާކުރުމަށް އެދޭ ފޯމް" [email protected] އަށް އީމެއިލް ކޮށްގެން ޖަލްސާއަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ރަޖިސްޓާ ކުރެވިދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ޖަލްސާއަށް ރަޖިސްޓާ ކުރެވޭނެ ގޮތުގެ ވީޑިއޯއެއް އެމްޓީސީސީގެ ވެބްސައިޓަށް ވަނީ އަޕްލޯޑުކޮށްފައެވެ. އަދި އަހަރީ އާންމު ޖަލްސާއާ ގުޅޭ ފޯމުތައްވެސް ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
އެމްޓީސީސީގެ އަހަރީ ޖަލްސާގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށްކަމުގައިވާތީ ޖަލްސާއަށް ހާޒިރުވާ ހުރިހާ ފަރާތްތަކުން ފޯނު / ޓެބްލެޓް ފަދަ، "ފަހިވޯޓް" ބޭނުންކުރެވޭނެ ވަސީލަތަކާއެކު ޖަލްސާއަށް ހާޒިރުވުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ ޖުމުލަ އަކީ 1.96 ބިލިއަން ރުފިޔާއެެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލައި އިރު 43 އިންސައްތަ އިތުރު އާމްދަނީއެކެވެ. މިދިޔަ އަހަރުގެ އެމްޓީސީސީގެ ފައިދާއަށް ބަލައި އިރު ހުރިހާ ހަރަދަކާއި ޓެކުހަށް ކަނޑައި ލިބުނު ފައިދާ އަކީ 232 މިލިއަން ރުފިޔާއެވެ. މިއީ 2020 ވަނަ އަހަރާ އަޅާ ބަލައި އިރު 21 އިންސައްތަ އިތުރުވުމެކެވެ. މިއީ ކުންފުނީގެ 41 އަހަރުގެ ދިގު ތާރީހުގައި ރެކޯޑުކުރެވިފައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރެވުނު އަހަރުކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
އެމްޓީސީސީގެ ބޯޑުން ފާސްކޮށްފައިވަނީ މޫނުމަތީ އަގު ކަމަށްވާ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3.50 ރުފިޔާ ބެހުމަށާއި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމުލަ 28.1 މިލިއަން ރުފިޔާ ބެހުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު