ރައްޔިތުންގެ ކުންފުނި، އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާ ގޮތުގައި 232 މިލިއަން ރުފިޔާ ލިބިފައިވާކަން ހާމަކޮށްފިއެެވެ.
އެމްޓީސީސީން މިއަދު އާއްމުކުރި އެކުންފުނީގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު ލިބުނު އާމްދަނީގެ ޖުމުލަ އަކީ 1.96 ބިލިއަން ރުފިޔާއެެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލައި އިރު 43 އިންސައްތަ އިތުރު އާމްދަނީއެކެވެ.
މިދިޔަ އަހަރުގެ އެމްޓީސީސީގެ ފައިދާއަށް ބަލައި އިރު ހުރިހާ ހަރަދަކާއި ޓެކުހަށް ކަނޑައި ލިބުނު ފައިދާ އަކީ 232 މިލިއަން ރުފިޔާއެވެ. މިއީ 2020 ވަނަ އަހަރާ އަޅާ ބަލައި އިރު 21 އިންސައްތަ އިތުރުވުމެކެވެ. މިއީ ކުންފުނީގެ 41 އަހަރުގެ ދިގު ތާރީހުގައި ރެކޯޑުކުރެވިފައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރެވުނު އަހަރުކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއަކާއި ފައިދާއެއް އެ ކުންފުންޏަށް ލިބިފައިވަނީ އިމާރާތް ކުރުމާއި ބަނދަރު ހެދުން، ބިންހިއްކުން، ގޮނޑުދޮށް ހިމާޔަތްކުރުން، ގޮނޑުދޮށް ހެދުން އަދި ޝީޓް ޕައިލްކުރުމުގެ މަސައްކަތުގެ ދާއިރާއިިންނެވެ.
އެމްޓީސީސީގެ މަޝްރޫއުތަކަށް ބަލައި އިރު މިދިޔަ އަހަރު ޖުމުލަ 57 މަޝްރޫއަކާ އެކުންފުނިން ވަނީ ހަވާލުވެފައެވެ. އަދި އަހަރު ނިމުނު އިރު ޖުމުލަ 27 މަޝްރޫއެއް އެއްކޮށް ނިންމާލާފައިވާ އިރު، އެމްޓީސީސީގެ މަޝްރޫއެއް ކުރިއަށް ނުދާ އެންމެ އަތޮޅެއްވެސް މިވަގުތު ރާއްޖޭގައި ނެތެވެ. އަދި މިވަގުތު އެކި މަރުހަލާގައި 103 މަޝްރޫއެއްގެ މަސައްކަތް އެކުންފުނިން އަންނަނީ ހަލުވިކަމާއެކު ކުރިއަށްގެންދަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު