ހއ. ދިއްދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝާން (އާރްޑީސީ)އާ ހަވާލުކޮށްފި އެވެ.
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކެވެ.
ޖުމްލަ 108.5 މިލިއަން ރުފިޔާއަށް އާރުޑީސީ އާއި މި މަޝްރޫއު ހަވާލުކޮށްފައިވާ 540 ދުވަސްތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރުމަށެވެ.
މި މަޝްރޫއުގެ ދަށުން 5.4 ކިލޯމީޓަރު މަގުގައި ތާރު އެޅުމާއި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމު ކުރުމާއި މަގުބައްތި ޖެހުން ހިމެނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު