ފުލުހުންގެ ފޮރެންސިކް ސާވިސަސް އިން ޑީއެންއޭ ޑޭ 2022 - ސްޓޫޑެންޓް އައުޓްރީޗް ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.
އިސްކަންދަރު ކޮށީގައި އިއްޔެ ކުރިއަަށް ގެންދިޔަ މި ޕްރޮގްރާމް ފައްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރެވެ. ދިވެހި ފުލުހުންގެ ހިދުމަތާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ޑީއެންއޭ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.
މާލޭގެ އެކި ސްކޫލްތަކުގެ ގްރޭޑް ހަތެއްގެ ދަރިވަރުން ހިމެނޭހެން 150 ދަރިވަރުންނާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ފޮރެންސިކްގެ މައުލޫމާތު، ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް އެކި ސްޓޯލްތަކުން ހިއްސާކުރި އެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ޑީއެންއޭ ލެބޯޓްރީއާއި ޑީއެންއޭއާ ގުޅޭ މައުލޫމާތާ އަދި އެ ލެބޯޓްރީން ކޮށްފައިވާ އެކި މަސައްކަތްތަކުގެ މައުލޫމާތުވެސް އެ ކުދިންނާ ވަނީ ހިއްސާކޮށްފަ އެވެ. ޕްރޮގްރާމުގައި ބައިވެރިވި ކޮންމެ ދަރިވަރަކަށް ހަނދާނީ ލިޔުން ވަނީ ދީފަ އެވެ.
ޑީއެންއޭ ދުވަހަކީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހެވެ. ޑީއެންއޭ ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހު 25 ވަނަ ދުވަހު ތަފާތު އެކި ހަރަކާތްތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ ނިންމާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު