މި އަހަރުގެ ފިތުރު އީދު (ކުޑަ އީދު) އުފާ ފާހަގަ ކުރަން ކ. މާފުށީގައި ހަވާ އަރުވަން ނިންމައިފި އެވެ.
މާފުުށީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ހަވާ އެރުވުން އޮންނާނީ އީދު ދުވަހުގެ ރޭ އޮންނަ ޝޯގައި ކަމަށެވެ. އަދި ހަވާ އަރުވަނީ މާފުށީގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ހިންގާ ކާނި ހޮޓެލްސް އާއި އެރީނާ ހޮޓެލްސްގެ އެހީތެރިކަމާއެކުގައި ކަމަށްވެސް ކައުންސިލުން ބުންޏެވެ.
މި އަހަރު މާފުށީގައި ކުރިއަށް ގެންދާ އީދުގެ ހަރަކާތްތައް ރާވަން މާފުށީ ކައުންސިލުން ހަވާލުކޮށްފައިވަނީ ލިކަމެކް ޕްރައިވެޓް ލިމިޓެޑާއެވެ.
މާފުށީ ކައުންސިލުން ބުނީ، އީދު ދުވަހު، އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ ބިގާރަން ސްޕޯޓްސް ކްލަބުގެ ފަރާތުން އާއްމުންނަށް ހުޅުވާލައިގެން ކުޅިވަރުތަކެއްވެސް ބާއްވާނެ އެވެ. އަދި އެ ދުވަހުގެ ހަވީރު ކުޑަކުދިންގެ ހަވީރެއް ބާއްވާއިރު، ޔާރާ ޓީމާއި ހަބޭސް ބޮޑުބެރު ގުރޫޕާއި ޞަފޫރާ އެންޑް ފްރެންޑްސްގެ ލައިވް މިޔުޒިކާއެކު އެރޭގައި ޝޯއެއް އޮންނާނެ ކަމަށެވެ. އެ ޝޯ އޮންނާނީ، އެރަށުގައި ކުރީގައި އިސްލާހިއްޔާ ހިންގި ބިމުގައެވެ.
އެ ބިން މިހާރު ވަނީ އެމްޓީސީސީގެ އެހީތެރިކަމާއެކު ސާފުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު