އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.50 ރުފިޔާ ބެހުމަށް އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން އެގޮތަށް ނިންމާފައި ވަނީ މޫނުމަތީ އަގު ކަމަށްވާ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3.50 ރުފިޔާ ބެހުމަށާއި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 28.1 މިލިއަން ރުފިޔާ ބެހުމަށެވެ.
އެމްޓީސީސީން ބުނީ މިމަހުގެ 18ގެ ނިޔަލަށް އެކުންފުނީގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ލިބޭނެ ކަމަށެވެ.
އެމްޓީސީސީން މިދިޔަ އަހަރު ނިންމައިލީ ރެކޯޑް ފައިދާއަކާއެކުގައެވެ. އެގޮތުން އެކުންފުންޏަށް ފައިދާގެ ގޮތުގައި މިދިޔަ އަހަރު 232 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އޭގެ ކުރީ އަހަރު 190.69 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އެފަހަރު ހިއްސާއަކަށް ބެހީ ތިން ރުފިޔާއެވެ.
ސަރުކާރުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް އެމްޓީސީސީން ހިންގަމުން އަންނަ އިރު، އެކުންފުނިން ލަފާކޮށްފައިވާ ގޮތުގައި މިއަހަަރަކީވެސް ރެކޯޑް ފައިދާއެއް ލިބޭނެ އަހަރެކެވެ. އެގޮތުން މިއަހަރު 300 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު