މ. މުލި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން އަޅަންޖެހޭ ބަންޑް ވޯލް އެޅުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
މުލީ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެމްޓީސީސީން މިއަދު ބުނީ އެ އެއާޕޯޓުގެ ޓާމިނަލް ބިލްޑިންގެ ފައުންޑޭޝަންގެ މަސައްކަތްތަކާއި ބިން ހިއްކުމުގެ ކުރިން އަޅަންޖެހޭ ބަންޑްވޯލް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މުލީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ ފެބްރުއަރީ 28، 2021 ގައެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް އެ އަހަރުގެ އެޕްރީލް 21 ވަނަ ދުވަހު ވަނީ ފަށައިފައެވެ. މިއީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓިސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހަދާނެ ކަމަށެވެ. އަދި ޓެކްސީވޭއަކާއި އޭޕްރަންއެއްވެސް ހަދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު