އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، 9001:2015 ސެޓްފިކެޓް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާސިލުކޮށްފިއެވެ.
އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ފަރާތުން އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، 9001:2015 ސެޓްފިކެޓާ ހަވާލުވެވަޑައިގެންނެވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
އައިއެސްއޯ 9001:2015 ސްޓޭންޑާޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެވެ. އެޗްޑީސީއަކީ މި ސެޓްފިކެޓް ހާސިލުކުރި ދިވެހި މަދު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.
މީގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އަދި ސްޓެލްކޯއިން ވެސް ވަނީ އައިއޯސް 9001:2015 ސެޓްފިކެޓް ހާސިލުކޮށްފައެވެ.
އެޗްޑީސީން މިއަދު ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުން ބަލައިގަންނަ ފަދަ ބައިނަލްއަގުވާމީ ހިދުމަތެއް ދިނުމަށް ކަމަށެވެ. އައިއޯއެސްގެ މިންގަނޑުތަކަށް އަމަލުކުރަން ފެށުމުން ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތް މިހާރަށްވުރެ ފުޅާވެ، ކަސްޓަމަރުން ހިދުމަތް ބަލައިގަންނާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު