ބާޒާރުގެ އަގުތަކަށް ބަލާއިރު، މިއަދަކީ މަސް މާރުކޭޓުގައި މަސް ތިޔާގި ދުވަހެކެވެ. ނަމަވެސް ކަންނެލި ހުރީ އެންމެ ގޮޅިއެއްގައެވެ. އެވެސް ދެތިން ކަންނެއްޔެވެ. ކަންނެލީގެ ތާށިކަމާއެކު ކަންނެލި ކިލޯއެއްގެ އަގު ވަނީ 60 ރުފިޔާއަށް އުފުލިފައެވެ. މިއީ އިއްޔެއާއި އަޅައިބަލާއިރު ކިލޯއަކުން 30 ވަރަކަށް ރުފިޔާގެ އަގު އުފުލުމެކެވެ.
ދަތުރުވެރިންގެ މާކެޓަށް ބަލާއިރު، އާންމުގޮތެއްގައި ހުރިހާ ބާވަތެއްގެ އަގުތައްވެސް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް ފަތްޕިލާވެލީގެ ބާވަތްތަކުގެ އަގު ވަނީ ކޮންމެވެސް ވަރަކަށް އުފުލިފައެވެ.
މިރުހުގެ އަގަށް ބަލާއިރު، މިއަދުވެސް ކަނޑޫދޫ މިރުސް ކިލޯއެއް ލިބެންހުރީ 200-300 އާއި ދެމެދުގެ އަގުތަކުގައެވެ. އަދި ލާމު މިރުސްވެސް ހުރީ އެ އަގުތަކުގައެވެ.
ފަނިގިރާ ބާވަތްތަކާއި މޭވާގެ އަގުތައް:
- އަލަނާސި ކަރާ: 30 ރުފިޔާއަށް ކިލޯއެއް
- ކަރާ: 25 ރުފިޔާއަށް ކިލޯއެއް
- އިޖިޕްޓް ފޭރު: 80 ރުފިޔާއަށް ކިލޯއެއް
- ކުރުނބައެއް: 25-45 ރުފިޔާއަށް
- ފެޝަން ފުރުޓް: 90 ރުފިޔާއަށް ކިލޯއެއް
- ބޮންތިރަތް ކެޔޮ: 30-35-40 ރުފިޔާއަށް ކިލޯއެއް
- ފުސްކެޔޮ: 65 ރުފިޔާއަށް ކިލޯއެއް
- މާޅެސްކެޔޮ: 50 ރުފިޔާއަށް ކިލޯއެއް
- ފަޅޯ: 60 ރުފިޔާއަށް ކިލޯއެއް
- ދޮން އަނބު: 70-100 ރުފިޔާއަށް ކިލޯއެއް
ފަތްޕިލާވެލީގެ ބާވަތްތަކާއި ކާށި ލިބެންހުރި އަގުތައް:
- ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
- ކުއްޅަފިލާފަތް: 25 ރުފިޔާއަށް ދެ ބޮނޑިއެއް
- ހިކަނދިފަތް: 10 ރުފިޔާއަށް ބޮނޑިއެއް
- ކޮޕީ ފަތް: 20 ރުފިޔާއަށް ބޮނޑިއެއް
- ރާނބާފަތެއް: 5 ރުފިޔާއަށް
- ސައިޒު ބޮޑު ކާއްޓެއް: 10 ރުފިޔާއަށް
- މެދު އަދި ކުޑަ ސައިޒުގެ ކާއްޓެއް: 5-8 ރުފިޔާއަށް
ތަރުކާރީއާއި ފަލަމަޑީގެ ބާވަތްތަކުގެ އަގުތައް:
- ފިޔާ: 15 ރުފިޔާއަށް ކިލޯއެއް
- އަލުވި: 15 ރުފިޔާއަށް ކިލޯއެއް
- ލޮނުމެދު: 35-40 ރުފިޔާއަށް ކިލޯއެއް
- ކިއުކަމްބާ: 40 ރުފިޔާއަށް ކިލޯއެއް
- ބަށި: 40 ރުފިޔާއަށް ކިލޯއެއް
- ޓޮމާޓޯ: 28 ރުފިޔާއަށް ކިލޯއެއް
- ބީންސް: 60 ރުފިޔާއަށް ކިލޯއެއް
- ބަޓާނާ: 50 ރުފިޔާއަށް ކިލޯއެއް
- ލެޓިއުސް: 80 ރުފިޔާއަށް ކިލޯއެއް
- ބޭރު ތޮޅިމިރުސް: 50 ރުފިޔާއަށް ކިލޯއެއް
- ގިތެޔޮމިރުސް: 200-300 ރުފިޔާއަށް ކިލޯއެއް
- ލުނބޯ: 65 ރުފިޔާއަށް ކިލޯއެއް
- ކެޕްސިކަމް: 55 ރުފިޔާއަށް ކިލޯއެއް
މަސް މާރުކޭޓުގެ އަގުތައް:
- ކަނޑުމަސް: 25-35 ރުފިޔާއަށް ކިލޯއެއް
- ކަންނެލި: 60 ރުފިޔާއަށް ކިލޯއެއް
- ދޮންމަސް: 100 ރުފިޔާއަށް 12 މަސް
- ރިއް މަސް: 20 ރުފިޔާއަށް ހަތަރު މަސް
- ކުދި ފިލޮޅު، ގިނި މަސް: 80-350 ރުފިޔާއަށް
- ބޮޑު ރަތްމަސް: 150-450 އަށް މަހެއް
- ލައްޓި: 25 ރުފިޔާއަށް ކިލޯއެއް