މާލެއިން މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތުގައި އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ.

ގެއްލިގެން ހޯދަމުންދަނީ ގ. ޑްރީމްހައުސް، ހަސަން ރުޝްދުﷲ، 53އ. އެވެ.

ފުލުހުން ބުނީ، ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް އެކަން ރިޕޯޓްކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އެކަން ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު، މިހާތަނަށް އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން ފުލުހުން ވަނީ، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ލަސްނުކޮށް އެ މައުލޫމާތު ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ޕޮލިސް ނަންބަރު 9980062 އަށް ގުޅުމަށް އެދިފައެވެ.