ކައިވެނި ކުރާނެ ކަމަށްބުނެ ފިރިހެނަކު ގެއަކަށް ގެންގޮސް، ބިރު ދެއްކުމަށްފަހު 16،000 ރުފިޔާ އަތުލައިފިއެވެ.
ކައިވެނިކުރާނެ ކަމަށްބުނެ ފިރިހެނަކު އޮލުވާލައިގެން މާލޭގެ ގެޔަކަށް ވެއްދުމަށްފަހު އުމުރުން 41 އަހަރުގެ އަންހެނަކާއި 31 އަހަރުގެ ފިރިހެނަކު ވަނީ އެ މީހާއަށް ވަޅިން ބިރު ދައްކައިގެން އޭނާގެ ކޭޝްކާޑު އަތުލައި 16،000 ރުފިޔާ ނަގައިފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އެ ދެ މީހުންގެ މައްޗަށް ކުރަނީ ބިރު ދެއްކުމާއި ފޭރުމުގެ ކުށުގެ ތުހުމަތެވެ.
އެ ދެމީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ބަންދުގެ މުއްދަތު އިތުރުކުރުމަށް ގާޒީ ނިންމެވީ އެ ދެ މީހުންނަށް ތުހުމަތުކުރާ މައްސަލައިގައި ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި ހުރުމުންނެވެ. އަދި އެ ދެ މީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު