ދިރާގު ޓީވީ ކަނެކްޝަނެއް އަލަށް ނަގާ ފަރާތްތަކަށް އެ ކުންފުނިން ހިންގި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް މިއަދު އިނާމު ހަވާލުކޮށްފިއެވެ.
ދިރާގުން މިއަދު ވަނީ ދިރާގު ޓީވީ ކަނެކްޝަނެއް އަލަށް ނަގާ ފަރާތްތަކަށް ހިންގި "ސަބްސްކްރައިބް އެންޑް ވިން" ނަސީބުވެރިން ހޮވައި، ދިރާގުގެ މައި އޮފީހުގައި ބޭއްވި ހަފްލާއެއްގައި އެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފައެވެ.
ދިރާގު ޓީވީގެ 'ގޯލްޑް' ޕެކޭޖު ނެގި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު އަލީ އަބްދުއްސަމަދަށް ވަނީ 'ސެމްސަންގް ޒެޑް ފޯލްޑް 3' ފޯނެއް ދީފައެވެ.
"ސްޓާޓާ"، "ބޭސިކް" އަދި "ގޯލްޑް" ޕެކޭޖު ނެގި ފަރާތްތަކުގެ ތެރެއިން ދިހަ ނަސީބުވެރިއަކު ވެސް ވަނީ ހޮވައިފައެވެ. އެެ ނަސީބުވެރިންނަކީ:
- އާމިނަތު ޝާތިރާ
- މުހައްމަދު ސައުފަން
- އަހުމަދު ނަޖީބު
- އިބްރާހިމް ޒަމީރު
- ފާތިމަތު ސަނާ
- މޫސާ މަނިކުފާނު
- އަހުމަދު ސުޖާން
- އަހުމަދު ހަލީލް
- ސަމީރު އަހުމަދު
- އަހުމަދު ރަޝީދު
އެ ދިހަ ނަސީބުވެރިންނަށް އިނާމެއްގެ ގޮތުން ވަނީ އެ މީހަކު ހިޔާރުކުރާ ޗެނަލްތަކެއް ހަ މަސްދުވަސް ވަންދެން ހިލޭ ބަލައިލުމުގެ ފުރުސަތު ދީފައެވެ. މީގެ އިތުރުން އެ މީހަކު ބޭނުންވާ ޕެކޭޖެއް ހިޔާރުކުރުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ.
ދިރާގު ޓީވީ އަކީ 100 އަށްވުރެ ގިނަ ޗެނަލް ހިމެނޭ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް، ކުޑަކުދިންގެ މެދުގައި މަޝްހޫރު ޑިޒްނީ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް އަދި ސްޓާގެ ޗެނަލްތައް، ރާއްޖެ އާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތަކުގެ އިތުރުން އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.
ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ދިރާގުން ވަނީ ރާއްޖޭގެ 82 އިންސައްތަ ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު