ގއ. ދާންދޫ ސްކޫލުގެ ކްލާސް ރޫމެއްގެ ސީލިންގުގައި ހަރުކޮށްފައި ހުރި ފަންކާއެއް ވެއްޓި، ދަރިވަރަކަށް އަނިޔާވެއްޖެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ދާންދޫ ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ހާދިސާ ހިނގީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އަނިޔާވެފައިވަނީ ގްރޭޑް ހައެއްގައި ތައުލީމު ހާސިލުކުރަމުން އަންނަ އަންހެން ދަރިވަރަކަށް ކަމަށެވެ.
ފަންކާ ވެއްޓި ޖެހުނީ އަންހެން ކުއްޖާގެ އަތުގައި ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
"އަތް ވަރަށް ބޮޑަށް ދުޅަވެފަ ހުރީ. ބޮޑު އަނިޔާއެއް ނުލިބޭ." އޮފިޝަލު ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ، ފަންކާ ވެއްޓުނީ، އެ ހަރުކޮށްފައި ހުރި ބުޅިގަނޑުން ނެއްޓިގެން ކަމަށާއި ވެއްޓުނީ އެނބުރެމުން ދިޔަ ފަންކާއެއް ކަމަށެވެ.
މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު