ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓުގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް ފ. ފީއަލީގައި ރަސްމީކޮށް އިފުތިތާހުކޮށްފި އެވެ.
ދިރާގުން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން މި ދެ ހިދުމަތް ފީއައްޔަށް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ އެރަށުގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާއި އެއްކޮށް ކަމަށެވެ.
އެގޮތުން، ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓާ ނުވަތަ އޯއެންޓީވެސް ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގު ޓީވީއަށް ހުށަހަޅާ ކަސްޓަމަރުންނަށްވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސްވެސް (ޑީކޯޑާ) މުޅިން ހިލޭ ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުންޏެވެ. އެގޮތުން ފީއަލީގެ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މިހާރު ރާއްޖޭގެ ގޭބިސީގެ 82 އިންސައްތައަށް ބްރޯޑު ބޭންޑުގެ ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 81 ރަށެއް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު