މިއަދު ބާޒާރުމަތީގެ ތަކެތީގެ އަގުތަކަށް ބަލައި އިރު، އެންމެ ބޮޑަށް ފާހަގަކުރެވެނީ މިރުގެ އަގު ދަށްވެފައިވުމެވެ. އެގޮތުން ކުރިން 650 ރުފިޔާއަށް ވިއްކަމުން އައި ކަނޑޫދޫ މިރުހުގެ އަގު މިއަދު ވަނީ 450 ރުފިޔާއަށް ވެއްޓިފައެވެ. ލ. މިރުސްވެސް މިއަދު ބާޒާރުގައި އުޅެނީ ދާދި އެއްވަރެއްގައެވެ. ޔުގެންޑާ މިރުސް ލިބެން ހުރީ ކިލޯއެއް 300-350 ރުފިޔާއަށެވެ.
ލުނބޯގެ އަގުވެސް މިއަދު ވަނީ ވެއްޓިފައެވެ. އެގޮތުން މާރުކޭޓު ގޮޅިތަކުން ކުރިން 100-120 ރުފިޔާއަށް ވިއްކަމުން އައި ލުނބޯ ކިލޯއެއް މިއަދު ވިއްކަން ހުރީ 85-90 ރުފިޔާއާ ދެމެދުގައެވެ.
އެހެން ބާވަތްތަކަށް ބަލައި އިރު، ކަންކުން އެއްވެސް ގޮޅިއަކުން ފެންނާކަށް ނެތެވެ. އަދި ކާއްޓާއި ރާނބާފަތުގެ އަގު ވަނީ އުފުލިފައެވެ.
- އަލަނާސި ކަރާ: 35 ރުފިޔާއަށް ކިލޯއެއް
- ރޮކް މެލަން: 70 ރުފިޔާއަށް ކިލޯއެއް
- ކަރާ: 25 ރުފިޔާއަށް ކިލޯއެއް
- އިޖިޕްޓް ފޭރު: 120 ރުފިޔާއަށް ކިލޯއެއް
- ކުރުނބައެއް: 40 ރުފިޔާއަށް
- ފެޝަން ފުރުޓް: 80 ރުފިޔާއަށް ކިލޯއެއް
- ދިވެހި އަނބު: 150-130 ރުފިޔާއަށް ކިލޯއެއް
- ބޮންތިރަތް ކެޔޮ: 45 ރުފިޔާއަށް ކިލޯއެއް
- ފުސްކެޔޮ: 80 ރުފިޔާއަށް ކިލޯއެއް
- ޑްރެގަން ފުރުޓް: 180 ރުފިޔާއަށް ކިލޯއެއް
- ފަޅޯ: 50 ރުފިޔާއަށް ކިލޯއެއް
- ކަށިކެޔޮ (ރަތް): 10 ރުފިޔާއަށް
- ކަށިކެޔޮ (ރީނދޫ): 5 ރުފިޔާއަށް
- ރޯކަނދުރު: 300 ރުފިޔާއަށް ކިލޯއެއް
- ކަންކުން: ނެތް
- ކުއްޅަފިލާފަތް: 10 ރުފިޔާއަށް ބޮނޑިއެއް
- ހިކަނދިފަތް: 10 ރުފިޔާއަށް ބޮނޑިއެއް
- ރާނބާފަތެއް: 5 ރުފިޔާއަށް
- ސައިޒު ބޮޑު ކާއްޓެއް: 12-15 ރުފިޔާއަށް
- ކުޑަ ސައިޒުގެ ކާއްޓެއް: 10 ރުފިޔާއަށް
- ގަބުޅި: 10-20 ރުފިޔާއަށް
- ފިޔާ: 15-18 ރުފިޔާއަށް ކިލޯއެއް
- އަލުވި: 15-18 ރުފިޔާއަށް ކިލޯއެއް
- ލޮނުމެދު: 55 ރުފިޔާއަށް ކިލޯއެއް
- ކިއުކަމްބާ: 30 އަށް ކިލޯއެއް
- ބަށި: 45 ރުފިޔާއަށް ކިލޯއެއް
- ޓޮމާޓޯ: 60 ރުފިޔާއަށް ކިލޯއެއް
- ބީންސް: 65 ރުފިޔާއަށް ކިލޯއެއް
- ބަޓާނާ: 40 ރުފިޔާއަށް ކިލޯއެއް
- ލެޓިއުސް: 50 ރުފިޔާއަށް ކިލޯއެއް
- ކައްޓަލަ: 60 ރުފިޔާއަށް ކިލޯއެއް
- އަލަ: 80 ރުފިޔާއަށް ކިލޯއެއް
- ދަނޑިއަލުވި: 70 ރުފިޔާއަށް ކިލޯއެއް
- ބަނބުކޭލެއް: 100 އަށް
- ތޮޅިމިރުސް: 100 ރުފިޔާއަށް ކިލޯއެއް
- ގިތެޔޮމިރުސް: 450-500 ރުފިޔާއަށް ކިޯލޯއެއް
- ލުނބޯ: 90 ރުފިޔާއަށް ކިލޯއެއް
- މުރަނގަ ތޮޅި: 75 ރުފިޔާއަށް ކިލޯއެއް
- ކެޕްސިކަމް: 65 ރުފިޔާއަށް ކިލޯއެއް
- ކަނޑުމަސް: 30 ރުފިޔާއަށް ކިލޯއެއް
- ކަންނެލި: 60 ރުފިޔާއަށް ކިލޯއެއް
- ރަތްމަސް: 400-250 ރުފިޔާއަށް ކިލޯއެއް
- ހަނދި: 50-100 ރުފިޔާއަށް ކިލޯއެއް
- މުށިމަސް: 20 ރުފިޔާއަށް ހަތަރު މަސް
- ދޮންމަސް: 20 ރުފިޔާއަށް ހަތަރު މަސް
ޚަބަރު
ޚަބަރު
ޚަބަރު