މިރަމަޟާން މަހު އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް ބަހައްޓަންވީ ގޮތާމެދު އެކަކު އަނެކަކާ ސުވާލުކޮށް، އަމިއްލަ ނަފްސާވެސް ސުވާލުކުރަންޖެހެއެވެ.
ރޯދަމަހު އަޅުގަނޑުމެން އުޅެންވީ ކިހިނެއްތޯ ނުވަތަ ރަމަޟާން މަހު އަޅުގަނޑުމެންގެ ގުޅުންތަކާއި އުޅުންތައް ބަހައްޓަންވީ އެހެން މަސްތަކުގެ ދުވަސްތަކާއި ރޭތައް ފަދައިންތޯ ވިސްނާލަން ޖެހެއެވެ.
ރަމަޟާންމަހު، ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އެ ދުވަހުގެ އިރު އޮއްސުމާ ހަމައަށް، ޒަރޫރީ ވަރަށް ގިނަ ބޭނުންތައް ނުކޮށް، ވަރަށް ގިނަ ހައްގުތަކުން މަހުރޫމުވެގެން އަދި ބައެއް ހުއްދަ ކަންތައްތަކުން މަހުރޫމުވެ، އަޅުގަނޑުމެން މި ތިބެނީ ކީއްވެގެންތޯ އަމިއްލަ ނަފުސާ އެބަ ސުވާލު ކޮށްލަންޖެހެއެވެ.
އެކަމުގެ ފައިދާއަކީ ކޮބައިތޯ، އެކަމުން މާތް ﷲ ސުބުހާނަހޫ ވަތައާލާ އަޅުގަނޑުމެންގެ އަމިއްލަ ނަފްސު ތަރުބިއްޔަތު ކުރުމަށް މި އެދިވޮޑިގަންނަވަނީ ކިހިނެއްތޯ އެބަ ބަލާލަންޖެހެއެވެ.
ރޯދަވެރިޔާ ރޯދައަށް ހުންނައިރު އޭނަގެ ދޫ ރައްކާތެރިނުކޮށް، އަދި އެހެން މީހުންނޭ ކިޔައިގެން ނެތިނުބައިމޮށި، ދެބައޮޑުވާ މީހަކީ ރޯދަ ހިފި ނަމަވެސް، އެ ރޯދައިން އޭނާއަށް އެއްވެސް ފައިދާއެއް ނުކުރާ މީހެކެވެ.
އެހެންކަމުން އަޅުގަނޑުމެން ރޯދައަށް ތިބޭ އިރު، އެންމެ ކުޑަމިނުން އަޅުގަނޑުމެންގެ ދޫ ރައްކާތެރިކުރަންޖެހެއެވެ. ހަމައެކަނި ރޯދައަށް ހުންނަ ވަގުތުތަކުގެ ބަދަލުގައި، ރެއާއި ދުވާލުވެސް، އަދި މުޅި އަހަރު ދުވަހުގެ ހުރިހާ ވަގުތެއްގައިވެސް އަޅުގަނޑުމެން ދޫ ރައްޔާތެރިކޮށް، އެއަށް ސަމާލުވާން އެބަޖެހެއެވެ.
މީހުން ނެތްތަނުގައި އެމީހުންގެ ނެތި ނުބައި މޮށުމަކީ ވަރަށް ބޮޑު ހަރާމް ކަމެކެވެ. މާތް ﷲ ސުބުހާނަހޫ ވަތައާލާ އަޅުގަނޑުމެން އެންމެނަށް ތައުފީގު ދެވައި، އަޅުގަނޑުމެންނީ ދޫ ރައްކާތެރިކުރާ ބައެއްކަމުގައި ލައްވާށިއެވެ.
މެސެޖު ދެއްވީ: އަލްއުސްތާޛް އުސާމް މުހައްމަދު / އިލްމު އިންސްޓިޓިއުޓް
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު