ރޯދައަށް ހުންނަ އިރު، ރޯދަ މަހުގައި ލިބޭނެ އެންމެ މުހިންމު ވަގުތަކީ ކޮބައިތޯއާމެދު ރޯދަ ވެރިޔާއަސް ސުވާލު އުފެދިދާނެއެވެ. ރޯދައަށް ހުންނަ އިރު، އެންމެ މުހިއްމު ވަގުތަކީ، ދުވަހުގެ އަސުރު ނަމާދުގެ ވަގުތުން ފެށިގެން ގޮސް މަޣްރިބް ނަމާދާ ހަމައަށެވެ.

ރޯދައަށް ހުންނައިރު، ލިބޭ އެ ވަގުތުކޮޅުގެ ބޭނުން އަޅުގަނޑުމެން ކުރަންޖެހޭނެއެވެ. އެއީ މާތް ﷲގެ ހަޒުރަތަށް ކުރާ ދުއާ، އިޖާބަ ކުރެވޭނެ ވަގުތެކެވެ.

ދުވަހުގެ އިރު އޮއްސުމާ ގާތްވާ ވަގުތަކީ އެ ވަގުތު ކަމުގައިވެސް، ބައެއް އިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި، އަސުރު ނަމާދުގެ ވަގުތުން ފެށިގެން ގޮސް އިރު އޮއްސުމާ ހަމައަށް ދެމިގެންދާ ވަގުތަކީ އެވަގުތުކޮޅެވެ. އެހެންވީމާ އަޅުގަނޑުމެން ކޮންމެ މީހަކުވެސް އެވަގުތުކޮޅު ނަގާނުލައި އަޅުގަނޑުމެން، ބޭނުންވާހާ ކަމެއްގެ ދުއާ މާތް ﷲ ސުބުހާނަހޫ ވަތައާލާއަށް ކުރުން މުހިންމެވެ.

އެއީ އެކަން ކުރުމަށް އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް މުހިންމު ފުރުސަތެކެވެ. އެެހެންވީމާ އަޅުގަނޑުގެ ނަސޭހަތަކީ، އަޅުގަނޑުމެން ކޮންމެ މީހަކީވެސް އެވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނެ މީހަކަށްވުމެވެ.

މެސެޖު ދެއްވީ: އަލްއުސްތާޛް އުސާމް މުހައްމަދު / އިލްމު އިންސްޓިޓިއުޓް