ދުނިޔޭގައިވެސް ވަރަށް މަދުން ނޫނީ ނުފެންނަ ހަމުގެ ބައްޔެއް ކަމަށްވާ ހާލެކްއަން އިކްތިއޯސިސް ތަހައްމަލް ކުރަމުންދިޔަ ޔޫނުސް ލަޔަކް ފަރަހްއަށް ލޭގެ އިންފެކްޝަން ޖެހި ހާލު ދެރަވެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
އެކަން ހާމަކުރީ، ލަޔަކްގެ މަންމަ، ހައްވާ އުލާ އިބްރާހީމް މީގެ ކުޑައިރުކޮޅެއް ކުރިން ކުރި ފޭސްބުކް ޕޯސްޓެއްގައެވެ.
ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ލަޔަކް ނިޔާވީ، އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއަގައި ފަރުވާދެމުން ދަނިކޮށެވެ.
ބެންގަލޫރަށް ލަޔަކް ގެންދިޔައީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ ނިއުމޯނިއާ ޖެހި ހަންގަނޑުވެސް ވަރަށް ބޮޑަށް އިންފެކްޓުވުމުން އިތުރު ފަރުވާއަށެވެ. ލަޔަކްއަށް ލޭގެ އިންފެކްޝަން ޖެހިފައި ހުރިކަން އެނގުނީ، ބެންގަލޫރުން ހެދި ޓެސްޓުތަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު