އަވަށްޓެރި ޝްރީލަންކާގައި ހުކުރު ދުވަހުން ފެށިގެން އިއުލާނުކޮށްފައި އޮތް ކުއްލި ހާލަތު އުވާލައިފިއެވެ.
ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ އަމުރުފުޅަށް ސެކްރެޓަރީ ގަމިނީ ސެނަރަތު ނެރުއްވި ބަޔާނުގައި ވަނީ 1 އޭޕްރީލްގައި ގާއިމުކުރެވުނު ކުއްލި ހާލަތު މިރޭ 12:00 އިން ފެށިގެން އުވާލާފައިވާ ކަމަށެވެ.
ރައީސް ގޮޓަބަޔަ މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުއްލި ހާލަތު އިއުލާނުކުރައްވައި ހޯމަ ދުވަހުގެ ހެނދުނު 6:00 ގެ ނިޔަލަށް 36 ގަޑިއިރުގެ ކާފިއުއެއް އިއުލާނުކުރައްވާފައިވަނީ ސަރުކާރާ ދެކޮޅަށް އާއްމުން މަގުތައް މައްޗަށް ނުކުމެ ހިންގަމުންގެންދާ މުޒާހަރާތައް އިތުރުވެފައިވާތީއެވެ.
ނަމަވެސް އިގުތިސާދު ނަގަހައްޓައި ގައުމު ހަމަމަގަށް އެޅުވުމުގެ ނިޔަތުގައި ސަރުކާރުން މިހާތަނަށް އެޅުއްވި އެއްވެސް ފިޔަވަޅަކުން މިކަމަށް އަލިމަގެއް ފެނިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފެނިގެން ގޮސްފައިވަނީ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި އާއްމުންގެ ނުރުހުން އިތުރުވަމުންދާ މަންޒަރުތަކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ