ރިސޯޓު ހަދާނެ ތިން ތަނެއް، ކ. ކާށިދޫ ފަޅުން ފާހަގަކޮށް އެތަނުން އެއްތަން ޝޯޓްލިސްޓް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމު މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަނުންނެވެ.
ޖާބިރު ސުވާލު ކުރެއްވީ، ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާބެހޭގޮތުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ޑރ. މައުސޫމު ވިދާޅުވީ، ކާށިދޫ ފަޅަކީ ކޮންމެހެންވެސް ރިސޯޓެއް ހަދަން ޖެހޭތަނެއް ކަމަށެވެ.
އެތަނުގައި ރިސޯޓު ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ކާށިދޫ ކައުންސިލާ ވާހަކަ ދެއްކުމަށްފަހު، ޕްލޭނިން މިނިސްޓްރީ އާއި، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ މަޝްވަރާ ކުރުމަށްފަހު، ކާށިދޫ ފަޅުން ރިސޯޓް ހަދަން ބިންނަގާނެ ތިން ތަނެއް ފާހަގަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ ބިންތަކުގެ ތެރެއިން އެއްތަނެއް ޝޯޓް ލިސްޓް ކޮށް، އޭގެ އިދާރީ މަރުހަލާ ނިންމައި އިސާހިތަކު އެތަން ޓޫރިޒަމަށް ދޫކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ނުވަތަ، އިންޓްގްރޭޓެޑް މޮޑެލަށް އެތަން ދޫކޮށްލުމުގެ ފުރުސަތު މިވަގުތު ކާށިދު ރައްޔިތުންނަށް އެބައޮތް ކަމަށެވެ.
"ވަން އައިލެންޑް ވަން ރިސޯޓް މޮޑެލްގަ ނަގައިފިއްޔާ މުޅިރަށް ސަރުކާރުގެ ރިސޯޓް ދަފްތަރަށް އަންނާނީ، އިންޓްގްރޭޓެޑް މޮޑެލަށް ދަންޏާ ކާށިދޫގެ އިހްތިސާސްގެ ތެރޭގައި އެތަން އޮތީމަ އެގޮތަށް ކުރިއަށް ދިއުމުގެ ފުރުސަތު އޮންނާނެ،"
ޚަބަރު
ޚަބަރު
ޚަބަރު