ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ފާތިމަތު ހިލްމީ ސަސްޕެންޑްކޮށްފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުންދާ މައްސަލަތަކެއްގައި
ފާތިމަތު ހިލްމީއާ އެކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސް (އެޗްއާރް) ޑިމާޓްމަންޓުގައި މަސައްކަތްކުރާ އިސް ދެ މުވައްޒަފަކުވެސް ވަނީ ސަސްޕެންޑުކޮށްފައެވެ.
އެ މީހުން ސަސްޕެންޑްކުރީ އިން އެއް މަސް ދުވަހުގެ މުއްދަތަކަށް މިދިޔަ ހަފްތާގައި ކަމަށްވެސް އެނގިފައިވެއެވެ.
ޕްރިންސިޕަލެއްގެ ވަޒީފާވެސް އަދާކުރެއްވި ފާތިމަތު ހިލްމީއާއި އިތުރު ދެ މުވައްޒަފަކު ސަސްޕެންޑުކުރީ ސީދާ ކޮން މައްސަލައެއްގައި ކަމެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަކުން ނުބުނެ އެވެ.
ސަރުކާރުގެ ވުޒާރާތަކުގައި ސިވިލް ސާވިސްގެ އެންމެ އިސް ބޭފުޅަކީ ޕާމަނަންޓް ސެކްރެޓަރީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު