ޚަބަރު

ހާލަތު އޮޅުންފިލުއްވުމަށް އިމްރާން ގައިދީންނާއެކު ރޯދަވީއްލުމަކަށް!

މުހައްމަދު އިޝާން

ހޯމް މިނިސްޓަރު އިމްރާން އަބްދުالله މާފުށި ޖަލުގެ ބައެއް ގައިދީންނާއެކު ރޯދަމަހުގެ ފުރަތަމަ ދުވަހު ރޯދަވީއްލަވައި, ގައިދީންގެ ހާލަތު ގާތުން އޮޅުންފިލުއްވައިފިއެވެ.

ހޯމް މިނިސްޓްރީން މިރޭ ބުނީ އިމްރާން މިއަދު މާފުށި ޖަލަށް ވަޑައިގެން, ގައިދީންނާއެކު ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެން, ގައިދީންގެ ޝަކުވާތައް އަޑު އައްސަވާފައިވާ ކަމަށެވެ. ރޯދަމަހު ގައިދީންގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭނެ ކަންތައްތައް ދެނެގަތުމަށް އިމްރާން ގައިދީންނާއެކު ވަގުތު ހޭދަކުރެއްވި ކަމަށްވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

"ގައިދީން ރަނގަޅު ބައެއްގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ. އެމަސައްކަތް ހުއްޓާ ނުލައި ކުރަމުން ގެންދާނެ. ގައިދީންނާއެކު މިއަދު ރޯދަވީއްލުމުގެ ތެރެއިން ހޭދަކުރި ވަގުތުތަކަކީ އެކަމަށްވެސް ވިސްނައިގެން ކަންކަން ދެނެގަތުމަށް ބޭއްވި ބައްދަލުވުމެއް." ގައިދީންނާއެކު ރޯދަވީއްލެވުމަށްފަހު އިމްރާން ވިދާޅުވިއެވެ.

ރޯދަމަހުގެ ތެރޭގައި ޖަލުގެ އެކި ޔުނިޓްތަކުގައި ތިބި ގައިދީންނާއެކު އެފަދަ ބައްދަލުވުންތައް ކުރިއަށް ގެންދަވަން އިމްރާން ނިންމަވާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. މީގެކުރިންވެސް އިމްރާން ވަނީ ޖަލަށް ވަޑައިގެން ގައިދީންގެ ހާލަތު އޮޅުން ފިލުއްވައިފައެވެ.

އެ ރޯދަ ވީއްލުމުގައި އިމްރާންގެ އާއެކު ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅުވެސް ޖަލަސް ވަޑައިގެން, ގައިދީންނާއެކު ރޯދަވީއްލެވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.