ކޮންމެ އަހަރެއްގެ ރޯދަމަހު މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރުން ބާއްވާ "މަދަހަ ރަން އަޑު" މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ކުޑަކުދިންނަށް ހާއްސަ އެ މުބާރާތް އެންމެ ފުރަތަމަ ފެށީ 2020 ވަނަ އަހަރުގެ ރޯދަ މަހުއެވެ.

މި އަހަރުގެ މުބާރާތުގައި 90 ކުއްޖަކު ބައިވެރިވެފައިވާއިރު، އެ ޕްރޮގްރާމް ދައްކާނީ ރޯދަމަހުގެ ކޮންމެ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހެއްގެ ހަވީރު 4:15 އިން 4:45 އަށް ވީޓީވީންނެވެ.

މުބާރާތުގެ އެޕިސޯޑުތައް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމުން ވެސް ބެލޭނެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުގެ ތެރޭގައި އިސްލާމީ ރޫހު އާލާ ކުރާ ހަފުލާތަކާއި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ކަމަށެވެ.