ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.
ފުލުހުުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ 22:00ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، އެ މުއައްސަސާގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ހާއްސަ ޑިނާ ނައިޓެއްވެސް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ޑިނާ ނައިޓުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތައް ބައިވެރިވާނެ ކަމަށެވެ.
އޮފިސަރު ވިދާޅުވީ މި ޑިނާ ނައިޓިގެ ތެރެއިން އިތުރު ހަރަކާތްތައްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
ފުލުހުންގެ އަހަރީ ދުވަހަކީ 29 މާޗު 1933 އެވެ.
މި ދުވަހުގެ މުނާސަބަތުގައި ރޭ ވަނީ ހާއްސަ ޖަލްސާއެއްވެސް ބާއްވައިފަ އެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ބައިވެރި ވަޑައިގެންފަ އެވެ. އަދި ދައުލަތުގެ އެކި އިދާރާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު