ދިވެހި ސަރުކާރުގެ ހިންގުން ޒަމާނީކުރަން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ ވޯލްޑް ގަވާމެންޓް ސަމިޓް 2022 ގެ ހަވާސާގައި ކަމަށެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އަދި ޔޫއޭއީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓާ އޮފް ކެބިނެޓް އެފެއާޒް މުހައްމަދު އަލް ގެރާވީއެވެ.
މި އެއްބަސްވުމަކީ ގަވާމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނައިބު ރައީސް ޔޫއޭއީއަށް ވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެމަނިކުފާނު ޔޫއޭއީއަށް ވަޑައިގެންނެވީ ވޯލްޑް ގަވާމެންޓް ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު