ޚަބަރު

ނިހާންގެ މަންމަ ނިޔާވެއްޖެ

އަލީ ޔާމިން

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މަންމަ ނިޔާވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ނިހާންގެ މަންމަ، ގދ. ތިނަދޫ ހުޅަނގުގެ އައިމިނަތު ފާއިޒާ (73 އަހަރު) ނިޔާވެފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

ނިހާންގެ މަންމަގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިރޭ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

ނިހާން ވަނީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ވިލިމާލެ ދާއިރާގެ މެމްބަރުގެ އިތުރުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވައިފައެވެ.