އެކި މައްސަލަތަކާ ގުޅިގެން، ރާއްޖޭގައި އުޅޭ 45 ބިދޭސީއަކު ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން އެ މީހުންގެ ފޮޓޯ އާންމުކޮށްފިއެވެ.
އިމިގްރޭޝަނުން އިއްޔެ ފޮޓޯ އާއްމު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 8 އަންހެނަކާއި 37 ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބަނގްލާދޭޝް 34 ރައްޔިތުންނާއި، އިންޑިއާގެ ތިން މީހަކާއި، ނައިޖީރިއާގެ ދެ މީހަކާއި ތައިލޭންޑާއި އިޓަލީ، ބްރިޓިޝް، ސްރީ ލަންކާ އާއި ފިލިޕިންސާއި އިތިއޯޕިއާގެ މީހެކެވެ.
އެމީހުން ހޯދުމަށް ފޮޓޯ އާއްމުކޮށް އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެމީހުންނަކީ އެކި މައްސަލަތަކާ ގުޅިގެން ހޯދަމުން އަންނަ ބައެއް ކަމަށެވެ. ފޮޓޯ އާންމުކޮށް، އިމިގްރޭޝަނުން އެ މީހުންނަށް އަންގާފައި ވަނީ "އެކްސްޕެޓްރިއޭޓް މޮނިޓަރިން އެންޑް ރެޕަޓްރިއޭޝަން ޑިވިޝަން" އަށް ހަތްދުވަހުގެ ތެރޭގައި ހާޒިރުވުމަށެވެ.
މިއީ މިހާތަނަށް އިމިގްރޭޝަނުން މިހާގިނަ ބަޔަކު ހޯދަން އިއުލާންކުރި ފުރަތަމަ ފަހަރެވެ.
އެކި މައްސަލަ ތަކާ ގުޅިގެން ރާއްޖޭގައި ލައްކައަކަށްވުރެން ގިނަ މީހުން ގަވާއިދާ ހިލާފަށް ފިލައިގެން އުޅޭކަމަށް މީގެ ކުރިން ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު