ޚަބަރު

"މަމެން"އިން މިއުޒިކަށް ހާއްސަ އެޑް-އޯން އެއް

އަލީ ޔާމިން

ދިރާގުން "މަމެން މިއުޒިކް ޑޭޓާ" ގެ ނަމުގައި އާ އެޑް-އޯން އެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ތައާރަފުކުރި މި އެޑް-އޯން މެދުވެރިކޮށް މިއުޒިކަށް ހާއްސަ ގިނަ އެކި އެޕްލިކޭޝަންތަކުން ޑޭޓާއަށް ލުއިކޮށް މިއުޒިކް އަޑު އަހައިލެވޭނެއެވެ. އެގޮތުން ސައުންޑް ކްލައުޑާއި ސްޕޮޓިފައި އަދި އެޕަލް މިއުޒިކްގައި މި އެޑް-އޯން ބޭނުން ކުރެވޭނެއެވެ.

މަމެން ކަސްޓަމަރުންނަށް މި ޑޭޓާ 24 ގަޑިއިރަށް، ފަސް ދުވަހަށް، ދިހަ ދުވަހަށް ނުވަތަ 30 ދުވަހަށް ވެސް ލިބޭނެއެވެ.

މަމެންއަކީ އެ ކަސްޓަމަރަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އިހުތިޔާރު ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މޯބައިލް ޕްލޭނެކެވެ. އެ ޕްލޭން ދިރާގުން އެންމެ ފުރަތަމަ ތައާރަފުކުރީ 2017 ވަނަ އަހަރުއެވެ.