އަތޮޅުތެރެއަށް ފޮނުވަން އިތުރު 21 އެމްބިއުލާންސް މިއަދު ރާއްޖެ ގެނެސްފިއެެވެ.
އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ހަވާލުކޮށްފައިވަނީ ސަރުކާރު މައި ވިޔަފާރި ކުންފުނި، އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީއާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ އަހަރުގެ ޖޫން މަހުގެ ދިހަ ވަނަ ދުވަހުއެވެ.
އެސްޓީއޯ އިން މިއަދު ބުނީ އެ ކުންފުންޏާ ހަވާލުކޮށްގެން ގެންނަން ނިންމާފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން އިތުރު 21 އެމްބިއުލާންސް މިއަދު ރާއްޖެ ގެނެސް، މާލެއަށް ބާލާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށް ބުންޏެވެ.
ނަމަވެސް މި ބެޗުގައި ގެނައި އެމްބިއުލާންސްތައް ފޮނުވަން ނިންމާފައިވަނީ ކޮން ރަށްތަކަކަށް ކަމެއް އަދި ނުބުނެއެވެ.
އެސްޓީއޯއާ ހަވާލުކޮށްގެން ގެންނަ އެމްބިއުލާންސްތަކުގެ ތެރެއިން ފުރަތަމަ ބެޗުގައި ގެނައީ 20 އެމްބިއުލާންސެވެ. އަދި ދެވަނަ ބެޗުގައި 20 އަދި ތިން ވަނަ ބެޗުގައި 15 އެމްބިއުލާންސް ވަނީ ގެނެސްފައެވެ. އެ ހުރިހާ އެމްބިއުލާންސެއްވެސް ވަނީ ރަށްތަކަށް ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު