ޚަބަރު

އިނާމަކަށް ސައިކަލެއް ލިބޭ، އެސްޓީއޯ "ރަމަޟާން ބާޒާރު" ފަށައިފި

މުހައްމަދު ޖަމްޝަތް ވަހީދު

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންއިން ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން މިއަހަރުގެ ރަމަޟާންް މަހާ ދިމާކޮށްް ކުރިއަށް ގެންދާ "ނިޕޯން ރަމަޟާން ބާޒާރު ޕުރޮމޯޝަން" ފަށައިފިއެވެ.

މިކަމަށްޓަކައި އެސްޓީއޯ ޕެއިންޓް ޝޯރޫމްގައި މިއަދު ބޭއްވި ހަފުލާއެއްގައި މިޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެން އަމްރު މުހައްމަދު ރަޝާދު އެވެ.

އެސްޓީއޯ އިން ބުނީ މިޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އެސްޓީއޯ ނިޕޯން ޝޯރޫމް އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގައި ކަމަށާއި ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި 20 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މިޕްރޮމޯޝަން ހިނގަމުންދާ އިރު، ޕެއިންޓް އައިޓަމް ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.

އެސްޓީއޯ އިން ބުނީ 1،000 ރުފިޔާގެ ކޮންމެ ވިޔަފާރިޔަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ ކަމަށާއި ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ފަރާތެއް ހޮވައި، ސްކޫޕީ ކުލަބް 12 ގެ ސައިކަލެއް ދިިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުންވެސް އަގުހުރި އިތުރު އިނާމްތަކެއް ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން އެތައް އަހަރެއް ކުރިން މާކެޓް ކުރަމުން އަންނަ ނިޕޯން ޕެއިންޓަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބި، މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މިހާރު ނިޕޯން ޝޯރޫމް ހުންނަނީ އަމީނީ މަގުގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަން ވެއާހައުސް އިމާރާތުގައެވެ.