އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނ. ހޮޅުދުއަަށް މިއަދު ތައާރަފުކޮށްފިއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަަށް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފެންވަަރު ރަނގަަޅު އިންޓަނެޓުގެ ހިދުމަތް މުހިއްމު ކަމަށާއި އުރީދޫގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

"މިދިޔަަ އަހަރެކޭ އެއްފަަަދަައިންް މި އަަހަރުވެސް ގިނަަަ ރަަށްތަަކަަަކަަށް މި ހިދުމަަތް ފޯރުކޮށްދިނުމަށް ރޭވިފައިވޭ. އެގޮތުންްްް މިއަދު އަޅުގަނޑުމެން މިވަަަނީ ސުޕަނެޓްގެ ހިދުމަތް ނ. ހޮޅުދުއަށް ތައާރަފުކޮށް، ހޮޅުދޫގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދީފަައި. ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑުތަކާއި، ޑޭޓާ ރޯލްއޯވާ ހިދުމަތް އެކުލެވޭ މި ޕެކޭޖުތަަަކަަކީ މާކެޓުގަައި އެންމެ ރަަނގަޅު ޕެކޭޖުތަައް،" ނިޔާޒު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖު އިންކްލޫސިވް ޑޭޓާއާ އެއްވެގެންދާނެއެވެ.