މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި މަސައްކަތް ކުރަމުންދިޔަ ހަ މުވައްޒަފަކު މިއަދު އެ ކުންފުނިން ރިޓަޔާ ކޮށްފިއެވެ.
އުމުރުން 65 އަހަރުވުމުން ރިޓަޔާކުރި އެ ހަ މުވައްޒަފުން، އެމްޕީއެލްއަށް ކޮށްދިން ހިދުމަތުގެ އަގު ވަޒަންކުރުމަށް މިއަދު ވަނީ އެމްޕީއެލްގައި ހާއްސަ ހަފުލާއެއް ބާއްވައިފައެވެ.
އެމްޕީއެލްގައި މިއަދު ހެނދުނު ބޭއްވި ހަފުލާގައި އެ މުވައްޒަފުންނަށް ވަނީ ހަނދާނީ ފިލާ ދީފައެވެ. އަދި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވަނީ އެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެ މުވައްޒަފުން ކޮށްފައިވަނީ އަގު ނުކުރެވޭފަދަ ހިދުމަތެއް ކަމަށް ވިދާޅުވިއެވެ.
އެމްޕީއެލުން ރިޓަޔާ ކުރި މުވައްޒަފުންގެ ތެރޭގައި އެ ކުންފުންޏަށް 28 އަހަރު ހިދުމަތް ކޮށްދީފައިވާ ފަރާތެއްވެސް ހިމެނެއެވެ.
- އަލީ ރަޝީދު - 19 އަހަރާއި ހަތް މަސް
- މޫސާ އަންވަރު - 17 އަހަރާއި ތިން މަސް
- އިބްރާހިމް މުހައްމަދު - 19 އަހަރާއި ހަތް މަސް
- މުހައްމަދު އިބްރާހިމް ދީދީ - 9 އަހަރާއި ހަތަރު މަސް
- ޖާދުﷲ އިސްމާއިލް - 5 އަހަރާއި 29 ދުވަސް
- އާމިނަތު ވަހީދާ، އެސިސްޓެންޓު މެނޭޖަރު - 28 އަހަރާއި ދެ މަސް
ޚަބަރު
ޚަބަރު
ޚަބަރު