މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ޕްރޮޖެކްޓުތައް އިއުލާންކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރުތަމަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓް ހޮވާފައިވާ ކަމަށެވެ.
- ށ. މާއުނގޫދޫގައި ސޯލާ މަގުބައްތި ހަރުކުރުން - ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖް
- ނ. ލަންދޫގައި ބާބަކިއު ސަރަހައްދެއް ގާއިމުކުރުން – އަހުމަދު ރަޝީދު
- ތ. ކިނބިދޫގައި ޕިކްނިކް ސަރަހައްދެއް ގާއިމުކުރުން – އައިޝަތު ސަމާ
- ށ. ބިލެތްފަހީގައި ލައިބްރަރީ ތަރައްގީކުރުން - އިސްމާއިލް ޝަރީފް
- ކ. ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމުކުރުން - މުހައްމަދު ވިޝާހް
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މި ފަންޑުގެ ދަށުން މިހާތަނަށް މުޖުތަމައަށް ފައިދާކުރާ 65 ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު