ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނެސްފިއެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި އެއާޕޯޓް ހިންގާ ހުރިހާ ރަށެއްގައި މާސްކު އެޅުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަޖުބޫރުކުރީ 2 ޑިސެމްބަރު 2020 ގައެވެ.
ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ އުވާލާފައިވާތީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަަވަޅުތަކަށް ބަދަލު ގެނެސް އެޗްޕީއޭ އިން މިރޭ ކުރި އިއުލާނުގައި ބުނީ، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުން އުވާލާފައިވާ ކަމަށެވެ.
ނަމަވެސް ބައެއް ހާލަތްތަކާއި ތަންތަނުގައި މާސްކް އެޅުން އަދިވެސް މަޖުބޫރުވާނެއެވެ. އެގޮތުން ސިއްހީ ހިދުމަތް ދޭ ތަންތަނުގައި މާސްކު އެޅުން މަޖުބޫރުވާއިރު އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ސިއްހީ ހިދުމަތްދޭ ތަންތަނަށްދާ މީހުންވެސް އެ ވަގުތު މާސްކު އަޅަން ޖެހޭނެއެވެ.
މީގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް 20 ޕަސެންޓަށް ވުރެ މަތިން ބަލިފެތުރޭ ކަމަށް ކަނޑައަޅާފައިވާ ރަށްރަށުގައި މާސްކު އަޅަން އަދިވެސް މަޖުބޫރުވާނެއެވެ. މާލޭގެ އަދަދުތައް ދަށްވެ، މިހާރުގެ ސާމްޕަލް ޕޮޒިޓިވްވިޓީ ރޭޓަކީ އަށް ޕަސަންޓެވެ. އެހެންކަމުން މާލޭގައި ވެސް މާސްކު އެޅުން މަޖުބޫރެއް ނުވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު