ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ 8:00ގައި ގައުމާ މުހާތަބުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެންމެ ބުނީ ރައީސް ސޯލިހު މިރޭ 8:00 ގައި ޕީއެސްއެމް މެދުވެރިކޮށް ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ނަމަވެސް ރައީސް ސޯލިހު ގައުމާ މުހާތަބުކުރައްވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
އެކަމާ ގުޅިގެން "ވަން" އިން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒަށް ގުޅުމުން ވިދާޅުވީ، އިތުރު މައުލޫމާތެއް މިވަގުތަށް ދެވެން ނެތް ކަމަށެވެ.
މިއީ މިދިޔަ މަހު ރައީސް ސޯލިހު ކުރެއްވި ތައިރޮއިޑް އޮޕަރޭޝަނަށް ފަހު އެމަނިކުފާނު ގައުމާ މުހާތަބުކުރައްވާ ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު