ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމަށް އިތުރު ކުންފުނިތަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަދީފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ހުއްދަ ދީފައިވަނީ ހަތަރު ކުންފުންޏަކަށެވެ. އެ ހަތަރު ކުންފުންޏަކީ ޒާއިރް ޕްރައިވެޓް ލިމިޓެޑް، ރައުލާ ޕްރައިވެޓް ލިމިޓެޑް، އުހުދު ހައްޖު އެންޑް އުމްރާ އަދި އަލް މުސާފިރް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށެވެ.

ރާއްޖޭއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ހަތަރު ވަނަ މާއްދާގައިވާ ގޮތުން އުމްރާއަށް މީހުން ގެންދިއުމަށް ދޭ ހުއްދައިގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. އެ މުއްދަތު ހަމަވުމުން އަލުން ހުއްދަ ހޯދަން ޖެހެއެވެ.

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވަނީ ޖުމްލަ 41 ކުންފުންޏަކަށެވެ.