ގަވައިދުން ނެރެމުން ނުގެންދާ 47 ނޫހެއް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އުވާލައިފިއެވެ.
ހޯމް މިނިސްޓްރީން މިދިޔަ އަންގާރަދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން 2019 ޑިސެމްބަރު 31 ގެ ނިޔަލަށް އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާ ފަދަ ތަންތަނުގެ ތެރެއިން ގަވާއިދުން ނެރެމުން ނުދާ 47 ތަނެއް މިއަދުން ފެށިގެން އުވާލާފައިވާ ކަމަށެވެ.
ހޯމް މިނިސްޓްރީން އުވާލި 47 ނޫހުގެ ތެރޭގައި "ސަން" މަޖައްލާ އާއި "ވީ" މަޖައްލާ އާއި މޯލްޑިވްސް އިންޑެޕެންޑެންޓް ވެސް ހިމެނެއެވެ.
މި 47 ނޫސް އުވާލާފައިވަނީ ނޫސް މަޖައްލާ އާއި އެފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ)ގައި ބަޔާން ކޮށްފައިވާ ގޮތަށް ކަމަށް ހޯމް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.
އެ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާއެއް ނުވަތަ މިނޫންވެސް މިފަދަ އެއްޗެއް އެއްވެސް މަގުބޫލު އުޒުރެއްނެތި ގަވާއިދުން ޖެހިޖެހިގެން ތިން ފަހަރު ނުނެރެވިއްޖެނަމަ އެ ނޫސް މަޖައްލާއެއް ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގެ ރަޖިސްޓަރީ ބާތިލުކުރެވޭނެއެވެ.
- ރޯޅި
- ވީކްލީ އެމްވީ
- އުތުރު ޑޮޓްކޮމް
- ކުރިނބީ ލައިވް
- އަލިފުށި އޮންލައިން
- ހިތާދޫ އޮންލައިން
- ވީކްލީ
- ސަން
- މޯލްޑިވްސް އިންޑިޕެންޑެންޓް
- އެން ނިއުސް
- އުންމީދު
- ދި އެޓޯލް: ޖާނަލް ފޯ ސްމޯލް ސްޓޭޓް ސެކިއުރިޓީ
- ހެނދުނު
- ޑިސްކަވާ އިސްލާމް
- ދަ އޭޝިއަން ސްޓޯރީ
- މާލްދީބް
- އަލްމިންބަރު
- އެމްވީ ސްޕޯޓްސް އެމްވީ
- އުރަދެސް އޮންލައިން
- ފިޔެސް ނިއުސް
- އޯގަ އެމްވީ
- އަށާރަ މީޑިއާ
- މޯލްޑިވްސްކާ
- މޯލްޑިވްސް ވީކްލީ
- މެންދަން
- މިއަދު ބިޒްނަޒް ރިވިއު
- މިއަދު ބިޒްނަޒް ރިވިއު އޮންލައިން
- ލުއި
- ރީޑާސް އާކް
- ޗާލު ފަރި މޯލްޑިވްސް ޓްރެވެލާ
- އައިލެންޑް ނިއުސް
- ސެލާސް
- ދި އެރައިވަލް ޓްރެވަލް ޓެބްލޮއިޑް
- އެމްނިއު
- ނޫން އިންފޯ
- ޕެން އޮންލައިން
- މިކޯ ސޭލްސް މެގަޒިން
- ހެލްތު މެގަޒިން
- ރަން ރާއްޖެ
- ބިޒްނަސް ޓައިމްސް
- މީމް އެމްވީ
- ވަތަން
- އައިލެންޑް ޕްރެސް
- އެޑިއުކޭޓް ޕްރައިމް
- ސްޓާ އޮންލައިން
- ކަހަނބު މީޑިއާ
- ހުވަދޫ އޮންލައިން
ޚަބަރު
ޚަބަރު
ޚަބަރު