އެމްޓީސީސީން "ހުނަވަރު ބަސް ޑްރައިވަރު ތަމްރީން ޕްރޮގްރާމު" މިއަދު އިފްތިތާހުކޮށްފިއެވެ.
މި ޕްރޮގްރާމް އިފްތިތާހުކުރުމަށް މިއަދު މާފަންނު ބަސް ޓާމިނަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެކުންފުނީގެ ޗީފް އޮޕްރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއާއި ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ވެސް ގުޅުވައިގެން ބޭއްވުުނު އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެކުންފުނީގެ ސިޔާސަތަކީ މިންތީގެ ހަމަހަމަކަށް ގާއިމުކުރުން ކަމަށާއި ވަކި މަސައްކަތްތަކަކީ ހަމައެކަނި ފިރިހެނުން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި އޮތްއޮތުން ނައްތާލުން ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުވާލެވުނު ހުނަވަރު ޕްރޮގްރާމުން ތަމްރީން ވެގެން އަންހެން ބަސް ޑްރައިވަރަކާއި އަންހެން ބަސް އެޓެންޑެންޓުން ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އާންމުކޮށް ނުލިބޭ ޓެކްނިކަލް ވަޒީފާތަކަށް މުވައްޒަފުން ތަމްރީންކުރުމުގެ ގޮތުން އެމްޓީސީސީގެ ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރުސަތު ހުޅުވާލައި، އަންހެނުންނަށް އިސްކަންދިނުމަކީ އަންހެނުން ބާރުވެރިކުރުވައި މުޖުތަމައުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެމްޓީސީސީން ވަނީ "ހުނަވަރު ބަސް ޑްރައިވަރު ތަމްރީން ޕްރޮގްރާމް" އަށް އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރާ އެއްގޮތަށް އެ ކުންފުންޏަކީ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ދައުރު ފުޅާކޮށް އަދި އަންހެނުން ކުރިއެރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން އަރުވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު