މޯލްޑިވްސް އޭވިއޭޝަން އެކަޑަމީން ކުރިއަށްގެންދާ ޕައިލެޓް ކޯސްތަކުގައި ބޭނުންކުރަން ފުރަތަމަ މަތިންދާބޯޓު ރާއްޖެ ގެނެސްފިއެވެ. މިއީ ރާއްޖޭގެ އޭވިއޭޝަން އެކަޑަމީއަކުން ޕައިލެޓް ޓްރެއިނިންތަކުގައި ބޭނުންކުރަން މަތިންދާބޯޓެއް ގެނައި ފުރަތަމަ ފަހަރެވެ.
އޭވިއޭޝަން އެކަޑަމީން ކުރި ޓުވީޓެއްގައި ބުނީ އަލަށް ގެނެސްފައިވަނީ މަލްޓި އިންޖީން ޓެކްނަމް މަތިންދާބޯޓެއް ކަމަށެވެ. އެ މަތިންދާބޯޓު އިއްޔެ ހަވީރު ވަނީ މާލެއިން ގަމަށް ފޮނުވާލައިފައެވެ.
އޭވިއޭޝަން އެކަޑަމީން ބުނީ ގަމަށް ގެންދިއުމަށްފަހު އެ މަތިންދާބޯޓު އެސެމްބަލްކޮށް އަދި އުދުހުމަށް ތައްޔާރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި އެ ބޯޓް ބޭނުންކުރާނީ އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ތަމްރީންތަކުގައި ކަމަށެވެ. އެގޮތުން ދަރިވަރުންގެ މަލްޓި އިންޖީން ޓްރެއިނިންތަކުގައި އެ ބޯޓު ބޭނުންކުރެވޭނެ ކަމަށް ބުންޏެވެ.
މޯލްޑިވްސް އޭވިއޭޝަން އެކަޑަމީއަކީ ޕައިލެޓުން ތަމްރީނުކުރުމަށް ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލެއް މެދުވެރިކޮށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު ދާދި ފަހުން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏަކުން ހިންގާ އެކަޑަމީއެކެވެ.
އައްޑޫގައި ހިންގާ އޭވިއޭޝަން އެކެޑަމީގެ ކިޔެވުން ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު ވަނީ ފަށައިފައެވެ. ފުރަތަމަ ބެޗުގައި 35 ދަރިވަރުން ބައިވެރިވެއެވެ.
އައްޑޫގައި ކުރިން ފްލައިން ސްކޫލެއް ހިންގީ ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އޭއިރޮނޯޓިކްސް އިންނެވެ. ނަމަވެސް އެތަނުގައި ކިޔަވާ ދަރިވަރުންނަށް އެކަށީގެންވާ ގޮތެއްގައި ތަމްރީނު ނުދެވޭތީ، އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ސަރުކާރުން އުވާލިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު