ޕާކިސްތާނުގައި ޝިއައީންގެ މިސްކިތަކަށް ޖާނު ގޮއްވާލައިގެން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 62 އަކަށް އަރައިފިއެވެ.
ޕެޝާވަރުގެ އުތުރުގައި އޮންނަ ސިޓީއެއްގެ ހުރި އެ މިސްކިތަށް ހަމަލާދީފައިވަނީ އިއްޔެ ހުކުރު ނަމާދު ކުރަމުން ދަނިކޮށެވެ. އެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް ކުރާސާން (އައިސިސް-ކޭ) އިން ނަގާފައިވާ އިރު، ގާތްގަނޑަކަށް 200 އެއްހާ މީހުންނަށް ވަނީ އަނިޔާވެފައެވެ.
އިއްޔެގެ އެ ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައި މީހަކު ހަތިޔާރާއެކު މިސްކިތުގެ ބޭރުގައި ތިބި ފުލުހުންގެ ގަޔަށް ބަޑިޖަހައި، އެކަކު މަރާލުމަށްފަހު މިސްކިތުގެ ތެރެއަށް ވަދެ އަމިއްލައަށް ޖާނު ގޮއްވާލައިގެންނެވެ. މިއީ މިފަހުން އެ ސަރަހައްދުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.
އައިސިސްގެ ސައިޓް އިންޓެލިޖެންސް ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނީ، އެ ހަމަލާ ދީފައިވަނީ އަފްގާނުގެ މީހެކެވެ.
މި ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ހާރިޖީ ވަޒީރު ވަނީ، އެ ހަމަލާގެ ފަހަތުގައި އެންމެ އިސްކޮށް ހުރި މީހާ ހައްޔަރުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ